twitterviber whatsapp telegramfacebookyoutube instagram
6th December 2019

އިންޑިއާގެ ސްކޫލެއްގެ ކުލާސް ރޫމް ތެރޭގައި ހަރުފައެއް ދަތްއަޅައިގެން ދަރިވަރަކު މަރުވެއްޖެ

Nov 23, 2019

އިންޑިއާގެ ސްކޫލެއްގެ ކުލާސް ރޫމް ތެރޭގައި ފިލާއޮތް ހަރުފައެއް ދަތްއަޅައި، ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ދަރިވަރަކު މަރުވެއްޖެ އެވެ. މިކަމާގުޅިގެން ސްކޫލުގެ ޕްރިންސިޕަލް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސްކޫލެއްގައި މިދިޔަ ހަފްތާގައި މަރުވި 10 އަހަރުގެ ޝޭލާ ޝެރިންގެ ބެލެނިވެރިން ބީބީސީއަށް މައުލޫމާތު ދިންގޮތުގައި، އެމީހުން ދަރިފުޅު މަރުވެފައި ވަނީ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުންނެވެ. ހަރުފަ ދަތްއެޅުމުން ސްކޫލުގައި ފަރުވާ ނުދީ އަދި ހޮސްޕިޓަލަށް ވެސް ނުގެންގޮސް ޝޭލާ ވަނީ ސްކޫލުގައި ބައިންދާފައެވެ. ކުލާހުގައި ހުރި ޓީޗަރަށްވެސް މިކަމުގެ ސަބަބުން ވަނީ ފިޔަވަޅު އަޅާފައެވެ.

އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ބައްޕަ އައިސްއެވެ. އަދި ކައިރި ސަރަހައްދުގެ 3 ހޮސްޕިޓަލަކަށް ދިޔަ އިރުވެސް ހަރުފަ ވަހަޔަށް ދޭ އެންޓި ވެނޮމް ނުލިބުމުން އޭނާ މަރު ވީއެވެ.

އިންޑިއާގެ ސްކޫލުތަކުގައި މިފަދަ ކަންކަން ދޭތެރެ ދޭތެރެއިން ދިމާވެއެވެ. އަދި މިކަމާ ގުޅިގެން ސްކޫލު ތަކުގެ ހެލްތު އެންޑް ސޭފްޓީ ކަންތައްތައް ހަރުދަނާ ކުރުމަށް އެކި ވުޒާރާތަކުން އަންނަނީ ގޮވާލަމުންނެވެ. އަދި ކެރެލާ ސްޓޭޓްގެ އެކިސްކޫލުތަކުގެ ދަރިވަރުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވަން ފަށާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބު ބުނާގޮތުން ކޮންމެ އަހަރަކު އެވްރެޖްކޮށް 5.4 މީހުންގެ ގައިގައި ހަރުފަ ވިހަލައެވެ. އަދި ހަރުފައިގެ ވިހައިގެ ސަބަބުން އެއްލައްކަ މީހުން ކޮންމެ އަހަރަކު މަރުވާއިރު، 4 ލައްކަ މީހުން ނުކުޅެދޭ މީހުންނަށް ވެއެވެ. -- ބީބީސީ --

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355