twitterviber whatsapp telegramfacebookyoutube instagram
6th December 2019

ހިމަބިހި ޖެހިގެން ކޮންގޯގައި 5000 މަރު

Nov 23, 2019
1

މީސަލްސް ނުވަތަ ހިމަބިހި ޖެހިގެން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިއަހަރު މަރުވި މީހުންގެ އަދަދު 5000 އަށް އަރައިފި އެވެ.

މިއަހަރުގެ ތެރޭގައި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިމަބިހި ފެތުރެންފަށައި މިލިޔަނެއްހައި މީހުންނަށް ވަނީ ހިމަބިހި ޖެހިފައެވެ. ޑަބްލިއު އެޗްއޯއިން ބުނާގޮތުން މިއީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ބާރަށް ފެތުރުނު ބަލިމަޑުކަމެވެ. 2014 ވަނަ އަހަރު ފެތުރުނު އެބޯލާ ވައިރަސްގައި 15 މަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ދެގުނަ މީހުން ހިމަބިހީގައި މިއަހަރު މިވަނީ މަރުވެފައެވެ.

މި އެޕެޑިމިކްގެ ސަބަބުން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ސަރުކާރާއި ޑަބްލިއު އެޗް އޯ ގުޅިގެން މިއަހަރު ވަނީ ކުޑަކުދިންނަށް މީސެލްސް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވެސް ހިންގާފައެވެ. އެގޮތުން 8 ލައްކަ ކުދިންނަށް ވަނީ މިދިޔަ 2 މަސް ތެރޭގައި ވެކްސިން ދީފައެވެ. ނަމަވެސް އެގައުމުގެ ނިކަމެތި އިންފްރާސްޓްރަކްޗަރގެ ސަބަބުން ފަރުވާ ދިނުމުގެ ހަރަކާތްތަކަށް ވަނީ ހުރަސް އެޅިފައެވެ. އެގައުމުގައި ހިމަބިހި ޖެހިފައިވާ ގިނަ މީހުންނަކީ އަލަށް އުފަންވާ ކުޑަކުދިންނެވެ.

މީސަލްސްގެ ސަބަބުން ކިނބިހި އެޅުމާއި އަރިދަފުސްރޯގާ ޖެހި އަދި ހުންވެސް އާދެއެވެ. އެއަށްފަހު ހަށިގަނޑުގެ އެތަންމިތަނުގައި ކުދިބިހި ނަގަންފަށައެވެ. ހިމަބިހި ޖެހޭ ގިނަ މީހުން ބަލިން ރަނގަޅު ވެއެވެ. ނަމަވެސް ބައެއް މީހުންނަށް އުމުރު ދުވަހުވެސް އޭގެ އުނދަގޫތައް ކުރިމަތިވެއެވެ. މިސާލަކަށް ނިއުމޯނިއާ އަދި ސިކުނޑި ދުޅަވާ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ހިމަބިހި ޖެހިގެން އަހަރަކު ލައްކަ އަކަށްވުރެ ގިނަ މީހުން މަރުވެއެވެ. -- ބީބީސީ --

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355