twitterviber whatsapp telegramfacebookyoutube instagram
29th February 2020

މި އަހަރުގެ ހިތާނީ ކޭމްޕް ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

Nov 24, 2019

ހެލްތް މިނިސްޓްރީން 19 އަތޮޅެއްގައި ފެށުމަށް ނިންމާފައިވާ ހިތާނީ ކޭމްޕު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް ކުޅުދުއްފުށީގައި އިފްތިތާހުކޮށްދެއްވައިފި އެވެ.

ނައިބު ކުޅުދުއްފުށްޓަށް މިއަދު ކުރެއްވި ޒިޔާރަތުގައި މިއަދު މިއަހަރުގެ ހިތާނީ ކޭންޕު ރަސްމީކޮށް އިފްތިތާހްކޮށްދެއްވާ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރއްވާ ބައެއް ސަރަހައްދުތަކުގައި މަތީ ފެންވަރުގެ ސިއްހީ ހީދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތަފާތު އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެކި ރަށްރަށުންވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ހޮސްޕިޓަލެއް ކަމުގައިވާތީ އެ ހޮސްޕިޓަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެއްވުމަށް ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ސްޓާފުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

ނައިބު ރައީސް ވަނީ ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރަށް ވަޑައިގެން އެތަނުގެ މަސައްކަތްތައްވެސް ބައްލަވައިލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355