twitterviber whatsapp telegramfacebookyoutube instagram
6th December 2019

ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ގައުމީ ހަރަކާތަށް ނިކުންނަނީ

Nov 30, 2019
1

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ، އިދިކޮޅު ފަރާތްތަކުން ގައުމީ ހަރަކާތަށް ނިކުންނަން ނިންމައިފި އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގައުމީ ހަރަކާތެއް ބޭއްވުމަށް މިއަދު ބޭއްވި ލީޑަޝިޕްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި މި ހަރަކާތް ބާއްވާނީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލުވާ ގޮތަށް ކަމަށެވެ.

އެގޮތުން އަންނަ ބުދަ ދުވަހުގެރޭ މި ހަރަކާތް ބޭއްވުމަށް މިހާރު އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަރަކާތް ކުރިއަށްގެންދާނީ މުޅި ރާއްްޖެ ތަމްސީލްކުރާ ގޮތަށް ކަމަށާ ކޮންމެ ދާއިރާއަކުން ހަރަކާތުގައި ބައިވެރިވުމަށް މަންދޫބަކު ހުންނާނެ ކަމަށެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުގެ ބޮޑު އެއްވުމެއް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާ އަދި ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިރޭ މުޒާހަރާއެއް އޮންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355