twitterviber whatsapp telegramfacebookyoutube instagram
6th December 2019

ސޯޝަލް މީޑިއާގައި މީހުންގެ އަގު ވައްޓާލުމަށް ހިންގާ އަމަލުތަކާ ދުރުވާން ޖެހޭ: އިސްލާމިކް މިނިސްޓަރު

ޚަދީޖާ އާދަމް
Dec 1, 2019

ސޯޝަލް މީޑިއާގައި މީހުންގެ އަބުރާބެހި މީހުންގެ އަގު ވައްޓާލުމަށް ހިންގާއަމަލުތަކާ ދުރުވުމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ބޭއްވި ޕެނަލްޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުނެވެ.

އެގޮތުން ފެނަލް ޑިސްކަޝަންގައި މިނިސްޓަރ ދެއްކެވި ވާހަކާގައި އެއްމުސްލިމަކީ އަނެއް މުސްލިމު އަހާގެ މޫނުބަލާ ލޯގަނޑުގެ ގޮތުގައި ކީރިތި ރަސޫލާ ސިފަކުރެއްވީ ހިކުމަތަކަށްޓަކައިކަމަށާ އެކަން މިއަދު ހަނދާންކުރަން ޖެހޭކަމަށެވެ.

އަދި އެކަކަށް ކުރެވޭ ކުށްތަކާއި ގޯސްކަންތައްތައް ސިއްރުގޮތުގައިއޭނާއަށް ބުނެދީ އެހެން މީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތްކޮށްދިނުމަކީމުސްލިމު އަހާއަށްޓަކައި އަނެއް މުސްލިމަކު ކުރަންޖެހޭކަމެއް ކަމަށްވެސްވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު މުޖުތަމައުން ފެންނަނީ މީހެއްގެ އައިބެއް ފެނިއްޖެނަމަ އެއްވެސް ބިރެއްނެތި އެކަމެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެމީހެއްގެ އަގު ވައްޓާލާތަންކަމަށެވެ. އެހެންކަމުން އެކަމަކީ މުސްލިމުން ދުރުވާންޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މި ޕެނަލް ޑިސްކަޝަންގައި ދީނީ އިލްމުވެރިއާ ޑރ.ޢަބްދުﷲ ޖަމީލު، ޑރ.އިބްރާހިމް ޒަކަރިއްޔާ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355