twitterviber whatsapp telegramfacebookyoutube instagram
6th December 2019

ވިއްސާރައިގައި ހާލުގައި ޖެހުނު ތިން އާއިލާއެއް ވަގުތީ ހިޔާތަކަށް

އަބްދުލް ވާހިދު ޙަސަން
Dec 1, 2019

ކުޅުދުއްފުއްޓަށް މިއަދު ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުވެ ހާލުގައި ޖެހުނު ދެ އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ހޯދައިދީފި އެވެ. ރެއިން ފެށިގެން މިއަދުގެ މެންދުރާ ހަމައަށްކުރި ވިއްސާރާގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ 20 ގެޔަކަށް ވަނީ ފެންވަދެ ގެއްލުންވެފައި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ދިރިއުޅެން ދަތިވާވަރަށް އެންމެ ބޮޑަށް ފެނުގެ އަސަރުކުރި ތިން ގޭގެ ތެރެއިން ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ދެ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެހީއާއެކު އެވެ. ވަގުތީގޮތުން އެ ދެ އާއިލާ ބަދަލުކޮށްފައިވަނީ ގެސްޓްހައުސްއަކަށެވެ.

ވިއްސާރާގައި ކުޅުދުއްފުށިން އެންމެ ބޮޑަށް ގެއްލުންވި ކަމުގެ ރިޕޯޓްކޮށްފައިވަނީ ދިވަރުގެ، ދިގަލި އަދި ފާހި ނަމަކަށް ކިޔާ ގެޔަކުންނެވެ.

ދެ އެންމެ ބޮޑަށް ގެއްލުންވި "ފާހި" ގޭގެ މީހުން އަމިއްލައަށް އެދިގެން އެ ގޭގެ އާއިލާ ގެޔަކަށް ބަދަލުވިކަމަށް ކައުންސިލުން މައުލޫމާތު ދެ އެވެ. ގެތަކުން ފެން ހުސްކުރުމާއި ވެލި ބަސްތާ ޖެހުމަށް ސިފައިންނާއި ފުލުހުންނާއި ފަބުލިކް ވޯކްސް އާއި ޑިޒާސްޓާ އާއި ރެޑްކުރެސެންޓާއި ކައުންސިލުން، އެސްޓީއޯ، ކޭޕީއެލްގެ މުވައްޒަފުންނާ ބައެއް އާންމުންވެސް ބައިވެރިވެފައިވެ އެވެ.

ކައުންސިލުން ބުނީ ވިއްސާރައިގައި ގެއްލުންވެގެން ކައުންސިލަށް ރިޕޯޓްކުރި ހުރިހާ ގެޔަކަށް ކައުންސިލުން ޒިޔާރަތްކޮށް ލިބިފައިވާ ގެއްލުންތައް ބަލައިފައިވާ ކަމަށެވެ. ފެން ވަދެ ގެއްލުންވެގެން ރިޕޯޓްކޮށްފައިވަނީ 20 ގެޔަކުންނެވެ.

ކައުންސިލުން ބުނީ ގެތަކަށް ލިބުނު ގެއްލުންތައް ބަލައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355