twitterviber whatsapp telegramfacebookyoutube instagram
6th December 2019

ނިމިދިޔަ ސަރުކާރުތަކުން ކޮށްފައި ހުރި ރަނގަޅު ކަންކަން ނުހުއްޓުވައި ކުރިއަށް ގެންދަވާނެ: އަސްލަމް

ނަބީލާ އިސްމާޢީލް
Dec 1, 2019
1

ރަނގަޅަށް ބިންގާއަޅާ ތަންތަނަކީ ރޫޅާލަން ޖެހޭ ތަންތަން ނޫން ކަމަށާއި ނިމިދިޔަ ސަރުކާރުތަކުން ކުރާ ރަނގަޅު ކަންކަން ނުހުއްޓުވައި ކުރިއަށް ގެންދަވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ނ. މާފަރު އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންމެ ބަޔަކު ކުރި ނަމަވެސް ރައްޔިތުންނަށް ފައިދާވާ ކަމެއްކަމުގައި ވަނީ ނަމަ އެކަމެއް ނުހުއްޓުވާނެ ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ އެކު އެރަށަށް އިގްތިސާދީ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި މިއީ ރަށުގެ ތަރައްގީގެ ބިންގާ ކަމުގައި މިނިސްޓަރު ފާހަގަ ކުރައްވަމުން އިތުރަށް ވިދާޅުވީ އެއާޕޯޓާއެކު ރަށުގެ ބިމުގެ އަގު އެތައް ގުނައެއް އުފުލިގެން ދާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ކުރެއްވި ކަންކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ސަރުކާރުން މަސައްކަތް ކުރެއްވީ ކުރީގެ ސަރުކާރުން ކުރިކަންކަން ދަމަހައްޓަން ނޫން ކަމަށާއި އައްޑޫ ކޮންވެންޝަން ސެންޓަރު ވެސް ހޮސްޕިޓަލަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް މާފަރު އެއާޕޯޓުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މި އެއާޕޯޓް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355