twitterviber whatsapp telegramfacebookyoutube instagram
20th January 2020

އުރީދޫން އާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Dec 4, 2019

އުރީދޫން ކަސްޓަމަރުންނަށް މުޅިން އާ ޕޯސްޓްޕެއިޑް ޕެލޭންތަކެއް ތައާރަފްކޮށްފި އެވެ. އުރީދޫން އަލަށް ތައާރަފްކޮށްފައިވާ "އެކު" ޕޯސްޓްޕެއިޑް ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެ އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ގަތުމުގެ ފުރުސަތު ލިބުމުގެ އިތުރުން މޯބައިލް ފޯނު ބޭނުން ކުރުމުގައި ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަފާތު އެކި ފައިދާތައް މި ޕްލޭންގެ ދަށުން ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖާ ދިޔާނާ އަފީފު ވިދާޅުވީ އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕްލޭނުން ރާއްޖޭގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށާއި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު އެންމެ ގުޅޭގޮތަށް އެކުލަވާލި މި ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކު" ޕްލޭންގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ހިދުމަތާއި އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި އުރީދޫ ނެކްސްޓް ސޯޝަލް މީޑިޔާ އަދި ޗެޓުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫ 'އެކު' ޕުލޭންގެ ފައިދާތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް، އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިން ، ވައިފައި ކޯލިން، އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް، އީ-ސިމްގެ ހިދުމަތް، އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް، ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައްހިމެނެ އެވެ.

"އެކު" ޕްލޭންގެ ޕޯސްޓްޕެއިޑްގެ ދަށުން 1،000 މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް އިތުރު ގިނަ ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ކްލަބް ޕްރެމިއާ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1،300 އަށްވުރެ ގިނަ އެއާޕޯޓްތަކުގައިވާ ލައުންޖްތަކުން ހިދުމަތް ހޯދުމަށް ބޭނުންކުރާ ޕްރަޔޮރިޓީ ޕާސް ލިބޭނެ އެވެ.

އުރީދޫ 'އެކު' ޕޯސްޓްޕެއިޑްގެ ހިދުމަތްތަކާއި ފައިދާތައް ހޯއްދެވުމަށް ބޭނުންވާ މީހުންނަށް އިތުރު މައުލޫމާތު، ވެބްސައިޓުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355