twitterviber whatsapp telegramfacebookyoutube instagram
20th January 2020

ކައުންސިލަރުން ވަކި ނުކުރެވޭ ގޮތަށް އިސްލާހުކޮށް ބިލު ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Dec 5, 2019
1

ކައުންސިލަރުން މަގާމުން ވަކި ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށްފި އެވެ.

މި ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށްގެން ތަޅުމާ ހަަމައަށް ގެނައިއިރު ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން އެލްޖީއޭއިން މައްސަލަ ބަލައި މަޖިލީހަށް ފޮނުވުމުން މަޖިލީހަށް ކައުންސިލަރުން ވަކި ކުރެވޭ ގޮތަށް ކޮމިޓީއިން ވަނީ ބަދަލުގެނެސްފަ އެވެ.

ނަމަވެސް ކޮމިޓީއިން އެ ނިންމުން ބަދަލު ކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޖިލީހުގެ ތަޅުމަށް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. ސަނީފުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ އެވެ. އެ އިސްލާހު ފާސްވީ މަޖިލީހަށް މިއަދު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 75 މެމްބަރުންގެ ވޯޓާ އެކު އެވެ. ެ އިސްލާހާ އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ 76 މެމްބަރުން ވޯޓާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވިއިރު ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް ހަދައި އެބާރު މަޖިލީހަށް ދީފައި އޮތުމުން ގިނަ ރައްޔިތުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އެގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މިހާރު ބިލަށް ގެނައި އިސްލާޙު ތަކުގައި ވާގޮތުން އެލްޖީއޭއަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ލިބިދެވެ އެވެ.

އެލްޖީއޭއިން އެކުލަވާލާ އިންކުއަރީ ކޮމިޝަނަކުން މައްސަލަ ބަލައި އަދި އެ މައްސަލައިގެ ރިޕޯޓު އެލްޖީއޭއިން ދިރާސާ ކުރުމަށް ފަހު ކައުންސިލަރުންނަށް ކަންކަން އިސްލާހު ކުރުމަށް އެންގޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. ބިލު އިސްލާހު ކުރިގޮތުން ކައުންސިލަރުންނަށް އަޅާ ފިޔަވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.

އޭގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހުތަކެއް ހުށަހަޅާފަ އެވެ.

އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ވަނީ ގާނޫނަށް ބަދަލުގެނެސްފަ އެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަ ވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ އެވެ. އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355