twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ނޮޅިވަރަންފަރު "ސޭންޑް ބޭންކް" ދަތުރުދާން މަގުބޫލު މަންޒިލެއް

Dec 24, 2019
2

ނޮޅިވަރަންފަރު ފަޅުތެރޭގައި އުފެދިފައިވާ ސޭންޑު ބޭންކު މިހާރުވެފައިމިވަނީ މިސަރަހައްދުގެ މީހުންގެ މެދުގައި ދަތުރުދާން އެންމެ މަޤުބޫލު އެއް މަންޒިލަށް ވެފައެވެ. ގުދުރަތީ ގޮތުން ހެދިފައިވާ މި ވެލިގަނޑުގައި ގާތްގަނޑަކަށް 6400 އަކަފޫޓު ހުރެއެވެ.

ނޮޅި އެސްކޭޕަށް، ނޮޅިވަރަންފަރުން މިނެޓް ހާއިރުން ދެވެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނެޓް އިން ލޯންޗުގައި އާދެވޭނެއެވެ. ނޮޅިވަރަންފަރުން ޖެޓްސްކީ ފަދަ ތަކެތި، އެރަށަށް ދަތުރު އަންނަ ފަރާތްތަކަށް ޚާއްސަކޮށް ކުއްޔަން ދޫކުރެއެވެ. އެރަށަށް ދަތުރުދާ ފަރާތްތަކުގެ އިންސްޓަގުރާމާއި ފޭސްބުކް އެކައުންޓުތަކުގައި މިތަނުގެ ރީތި ވެލިގަނޑާއި ހިތްގައިމު މޫދުގެ ފޮޓޯތައް ވަރަށް ގިނައިން ޕޯސްޓް ކޮށްފައިވެއެވެ. އެތަނުގެ ވަށައިގެން އޮންނަ މޫދަކީ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް މޫދަށް އެރި އުޅެން ފަސޭހަ ތަނެކެވެ.

ލޯކަލް ޓޫރިޒަމާއި ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު މިތަނަކީ، ނޮޅިވަރަންފަރު ރައްޔިތުންނަށް ވަރަށްވެސް ބޭނުންތެރި ތަނަކަށް ވެގެންދާނެ ކަމާމެދު ޝައްކެއް ނެތެވެ. ނޮޅިވަރަންފަރާއި ދުރު ނޫން ހިސާބެއްގައި އުފެދިފައިވާ މި ކުޑަ ޗާލު " ސޭންޑް ބޭންކް" އަށް ހުކުރު ހޮނިހިރުގައި 4 ނުވަތަ 5 ލޯންޗުން މީހުން އަބަދުވެސް ދަތުރުދާކަމަށްވެއެވެ. މިއީ ސްކޫލު ބަންދު ދުވަސްވަރަށްވެފައި އަދި އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި ރައްޓެހިންނާއި އާއިލާ މީހުންގެ ގުޅުން ބަދަހިކޮށްލާ މަޖާކޮށްލަން ދަތުރު ދިޔުމަށް އެރަށް ވަރަށްވެސް ހިތްފަސޭހަ ތަނެކެވެ.

ޒަމާނުންސުރެ ނޮޅިވަރަންފަރަށް ޕިކްނިކް އެންމެ ގިނައިން ދަނީ ކުޅުދުއްފުށީ މީހުންނެވެ. ފަހަކަށް އައިސް ނޮޅިވަރަންފަރުގެ މި ޗާލު "ސޭންޑް ބޭންކް"އަށް ދަތުރުދާ މީހުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކުޅުދުއްފުއްޓަށް ނިސްބަތްވާ ހަދީޖާ އަލީ ބުނީ އޭނާ ކޮންމެ ބޮޑު ޗުއްޓީއަކާ ދިމާކޮށް ނޮޅިވަރަންފަރަށް ޕިކްނިކް ދާ ކަމަށެވެ. އެކަމަކު އޭރު ދަތުރު ގޮސް އުޅެނީ އެރަށުގެ މީހުން ދިރިނޫޅޭ ހިސާބު ގޮނޑުދޮށަށެވެ.

އެކަމަކު ފަހުން އެރަށުގެ ސޭންޑް ބޭންކް އުފެދުނު ފަހުން ހަދީޖާ މުޅިންވެސް ދަތުރުގޮސް އުޅެނީ ސޭންޑް ބޭންކަށެވެ. މިތަނަކީ ވިޔަފާރީގެ ގޮތުންވެސް ތަރައްގީކުރެވި ވަސީލަތްތައް އިތުރުކުރެއްވިއްޖެނަމަ އެކަށީގެންވާ ރަނގަޅު އާންމުދަނީއެއް ކައުންސިލަށް ނެރެވިދާނެ ތަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355