twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ވެސްލިން ނުވަތަ ޕެޓްރޯލިއަމް ޖެލީ ހަންގަނޑުގެ މައްސަލަތަކަށް އެހީއެއް

ނަބީލާ އިސްމާޢީލް
Jan 11, 2020

އަހަރެމެން އިންސާނުން ނަކީ ގިނަފަހަރަށް ހަށިގަނޑު ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓާ ބައެކެވެ. އެގޮތުން އެކި ކަންކަމުގައި ފާޑު ފާޑުގެ ކްރީމް އާއި ޖެލީ ފަދަ ތަކެތި މި ދަނީ ބޭނުން ކުރަމުންނެވެ.

އެގޮތުން ވެސްލިން ނުވަތަ ޕެޓްރޯލިއަމް ޖެލީ އަކީ ވެސް ދިވެހިންނާވެސް ވަރަށް ރަހުމަތްތެރި އެއްޗަކަށް ވަނީ ވެފައެވެ. ގިނަ ފަހަރަށް އެ އެއްޗެހި ބޭނުން ކުރެވެނީ އޭގެންވާ ފައިދާ ނުވަތަ ގެއްލުން ނޭނގި ތިބެ އެވެ. ނަމަވެސް ބައެއް މީހުންނަކީ ކަންކަން ދިރާސާކޮށް ނުވަތަ ރަނގަޅު މައުލޫމާތު ހޯދަމުން އެއްޗެހި ބޭނުން ކުރާ މައެކެވެ.

ވެސްލިން އިން ލިބޭ ގިނަ ފައިދާ ތަކުގެ ތެރެއިން ބައެއް ފައިދާތަކަށް ބަލާލާއިރު އާންމުކޮށް މީހުން ވެސްލިން ބޭނުންކޮށްއުޅެނީ ހަންގަނޑުގެ ބޭނުންތަކަށެވެ. އެގޮތުން ހަންގަނޑު ހިކުމާއި ކުރަކިކޮށް ހުރުމުގެ މައްސަލަތަކުގައި ވެސްލިން ބޭނުންކޮށްއުޅެ އެވެ.

ހަށިގަނޑުގެ ބައިތަކުގެ ތެރެއިން އެންމެ އަޅާ ނުލެވެނީ ނުވަތަ ފަރުވާ ކުޑަކުރެވެނީ ފައިތިލަ އަށެވެ. ނަމަވެސް ފައިތިލައަކީ ވެސް ހަށިގަނޑުގެ އެހެން ބައިތައް ފަދަ މުހިންމު ބައެކެވެ. ކޮންމެ ރެއަކުވެސް ނިދަން އޮށޯތުމުގެ ކުރިން ފައިތިލައިގައި ވެސްލިން ހާކާލުމުން ހަންގަނޑުގައި މަރުވެފައި ހުންނަ ހަންކޮޅުތައް ފިލައިގެން ދިއުމާއި ހަންގަނޑުގެ ތެތްކަމާއި ތާޒާކަން ގެނެސްދިނުމުގެ އިތުރުން ފައި ފެޅުމުގެ މައްސަލަ ހުންނަ މީހުންގެ ފައިފެޅުމަށް ފަރުވާ ލިބިގެން ދިއުމަށް އެހީތެރިވެ އެވެ.

ހަންގަނޑު ފަޅައިގެން ދިއުން ނުވަތަ ކަނޑަ ކަނޑައިގެން ދިއުމުންނާއި ފިހުން ނުވަތަ ހަންގަނޑުގައި އަނދާފައި ހުންނަ ތަންތަނުގައި ވެސް ވެސްލިން އުނގުޅާލާށެވެ. ދިލަ ނެގުން ހުއްޓި އެތަން ފަސޭހަވާލެއް އަވަސް ވާނެ ކަމަށް ހޯދުން ތަކުން ދައްކަ އެވެ. ތުންފަތް ހިކުން ނުވަތަ ފަޅައިގެން ދިއުމަށްވެސް ރަނގަޅު ހައްލެއް ކަމުގައި ގިނަބަޔަކަށް ވާ އެއްޗެކެވެ.

މޭކަޕްކުރާ މީހުން މޭކަޕް ފިލުވުމަށް އެންމެ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ގޮތުގައި ބޭނުންކުރުމަށްވެސް ވެސްލިން އަކީ އެންމެ ރަނގަޅު އެއްޗެއްކަމުގައި ވެ އެވެ. އަދި ގަޔަށް ސެންޓް ނުވަތަ ބޮޑީ ސްޕްރޭ ޖަހާނަމަ ގިނަ އިރު ވަސްހިފެހެއްޓުމުގެ ގޮތުން ހަށިގަނޑުގައި ވެސްލިން އުނގުޅުމަށް ފަހު ސެންޓްޖެހުމުން ގިނައިރު ވަސް ނުކެނޑިހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355