twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ލާމަރުކަޒީ ނިޒާމަކީ އެހެން ބަޔަކަށް ހިންގަން އެނގޭނެ ނިޒާމެއް ނޫން: ނަޝީދު

ޚަދީޖާ އާދަމް
Jan 14, 2020
1

ލާމަރުކަޒީ ނިޒާމަކީ އެހެން ބަޔަކަށް ހިންގަން އެނގޭނެ ނިޒާމެއް ނޫން ކަމަށާއި އެއީ އެމްޑީޕީގެ ނިޒާމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕިން، ތިލަދުއްމައްޗަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން، ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަޑުބަޑުކުރި ލާމަރުކަޒީ ނިޒާމް، އެމްޑީޕީން ވައުދުވި ގޮތަށް އަލުން އަނބުރާ އިއާދަކޮށްދީފައިވާ ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ހާއްޔަށް އެހެން ބަޔަކަށް ބިހެއް ނޭޅޭނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވައުދުވަނީ ތަންދޮރު އެނގިގެން ކަމަށެވެ. ރައީސަކަށް ހުންނެވީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި މަޖިލީހުގެ ރައީސަކަށް ހުންނެވީ އެމަނިކުފާނު ކަމަށް ވާއިރު، އެމްޑީޕީ ބަލިކުރެވޭނެ ތަނެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވައުދުވަނީ އެއީ ކިހިނެއް ކުރާ ކަންތައްތަކެއްކަން ވެސް ސާފުވެގެން ކަމަށާއި "އެހެނޭ ކިޔާފައި ކޮވެއްޔަށް ޖެހޭނީ ހަމަ ކާޅުގެ ހާއްޔަށް ބިސް އަޅަން" ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެންމެ ކުޑަ އުޖޫރަ އާއި ވަޒީފާ ހޯދާ މީހުންނަށް އިނާޔަތަކާއި ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖާއި ޓިޕްސް ގަވައިދުން އޮންނަ އުސޫލުން ލިބެމުންދާންޖެހޭނެ ކަމަށް އެމްޑީޕީން ވައުދުވެފައިވާ ކަމަށާއި އެ ވައުދުތައް ފުއްދުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ބިންގަލަކީ ޝަރުއީ ނިޒާމް އިސްލާހުކުރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެހެން ޕާޓީތަކަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ނިޒާމު ވެސް އެބޭފުޅުން އުޅެނީ އަދިވެސް އޮޅުން ނުފިލައިގެން ކަމަށެވެ. އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވަން ހަދާނެ ގޮތެއް ވެސް ނޭނގޭ ކަމަށާއި ތިމަންނަ ދަންނަ ގާތް ތިމާގެ މީހަކަށް ކެންޑިޑޭޓުކަން ދިނުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355