twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ކައުންސިލްތަކަށް ބާރުތައް ދޫކޮށްލީ ރަށްރަށުގެ ތަރައްގީއާ ކުރިއެރުމަށްޓަކާ: ރައީސް

އަބްދުލް ވާހިދު ޙަސަން
Jan 14, 2020

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކޮށްލީ ރަށްރަށުގެ ތަރައްގީއާ ކުރިއެރުމަށްޓަކާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ނޭކުރަންދޫގައި "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން" ގެ ހަރަކާތްތައް އިފްތިތާހްކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނށް އިސްލާހް ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކޮށްލީ ރަށްރަށުގެ ތަރައްގީއާ ކުރިއެރުމަށްޓަކާ ކަމަށެވެ.

ބްލ ޕްރޮސްޕެރިޓީގެ ކޯލިޝަންގެ ދިރާސާއަކީ މިއަހަރު ރާއްޖޭގައި ކުރެވޭ އެންމެ ބޮޑު ދިރާސާ އެވެ. މި ދިރާސާގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށްވެސް އިތުރު މަންފާ ހޯދޭނެ ގޮތްތަކެއް ހޯދުމެވެ.

ގާނޫނަށް ގެނައި ބަދަލާއެކު ރަށްރަށުގެ އިޙްތިސޯސްގެ ތެރޭގައި ރަށުގެ އުރަފަށުން ފެށިގެން 700 މީޓަރު ހިމެނެ އެވެ. ކަނޑުފަޅާއި ދިރުންތައް ހިމެނޭ ގުދުރަތީ ވަސީލަތް ބެލަހައްޓާ އެދިރުންތައް ހިމާޔާތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާ ފަރާތްތަކީ ކައުންސިލަރުން ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުން ދެމިގެންދަނީ ގެނެވޭ ތަރައްގީގެ މައްޗަށް ކަމުގައިވާއިރު، ތަރައްގީ ގެނައުމުގައި ގުދުރަތީ މުއްސަނދިކަމާއި ކަނޑުފަޅުގެ ދިރުން ނެތިދާނޭގޮތަކަށް ކަންކަން ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.

އަދި މިސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދޭ ތަރައްގީއަކީ ޖަޒީރާވަންތަކަން ނުގެއްލޭގޮތަށް ގެނެސްދޭ ތަރައްގީއެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355