twitterviber whatsapp telegramfacebookyoutube instagram
29th February 2020

އީސްޓަން އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރ މަންމޯހަން މަހަޕަޓްރަ މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Jan 14, 2020

އީސްޓަން އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރ، މަންމޯހަން މަހަޕަޓްރަ އުމުރުން 69 ނުވަ އަހަރުގައި މަރުވެއްޖެ އެވެ.

މަންމޯހަން މަރުވެފައިވަނީ ބަލިވެ އުޅުމަށްފަހު އީސްޓަން އިންޑިއާގެ ޕުރައިވެޓް ހޮސްޕިޓަލެއްގައި އިއްޔެ ކަމަށް އާއިލާއިން ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަންވެސްޓަން ޑޮޓް ކޮމް އަށް މައުލޫމާތު ދީފަ އެވެ.

މަންމޯހަން މަޝްހޫރުވެފައިވަނީ އޮޑިއާ ނިއުސް ވޭވް ސިނަމާގެ ބައްޕަގެ ނަމުންނެވެ. އޭނާ ވަނީ 8 ނޭޝަނަލް ފިލްމް އެވޯޑް ކާމިޔާބިކޮއްފަ އެވެ. އޭނަގެ ފިލްމް ތަކުގެ ތެރޭގައި ނިޝީޓަ ސަވަޕަނަ، މަޖިހި ޕަހަޗަ، ތަރޑް އާފްޓަނުން އަދި ނީރަބާ ޖިހާދު ފަދަ ފިލްމު ތައް ހިމެނެ އެވެ.

މަންމޯހަންގެ ފުރަތަމަ ފިލްމް ސީތާ ރާޓީ އުފައްދާފައި ވަނީ 1976 ވަނަ އަހަރު އެވެ. އެއީ އޯޑިއާގެ ފިލްމެއް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލެއްގައި އެޅުވި ފުރަތަމަ ފިލްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355