twitterviber whatsapp telegramfacebookyoutube instagram
29th February 2020

ދޮންކެޔޮ ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންކުރަމާ

ނަބީލާ އިސްމާޢީލް
Jan 16, 2020

ކޮންމެ މޭވާއަކީ ވެސް އެތަކެއް ފައިދާތަކުން ފުރިފައިވާ އެއްޗެކެވެ. އެގޮތުން ދޮންކޭލަކީ ވަރަށް ގިނަ މާއްދާތަކުން މުންސަނދި ވެފައި އަދި ރާއްޖޭގައި ހައްދާލަން ފަސޭހަ، ރާއްޖޭގެ ބާޒާރުން ވެސް ފަސޭހަކަމާއެކު ގަންނަން ލިބެން ހުންނަ މޭވާ އެކެވެ.

ދޮންކޭލުގައި ކާބޯހައިޑްރޭޓްސް، ވިޓަމިން އޭ، ވިޓަމިންބީ 6 އާއި ފޮސްފަރަސް، ކެލްސިއަމް، ޒިންކް، މެގްނޭސިއަމް، ސޯޑިއަމް، ޕޮޓޭސިއަމް، އަދި ގުދުރަތީ ހަކުރުގެ ތެރޭގައި ހިމެނޭ ސަކްރޯސް، ފްރަކްޓޯސް އާއި ގުލްކޯޒް ހިމެނެއެވެ. މި ހުރިހާ މާއްދާތަކާއެކު ދޮންކެޔޮ ހިމެނެނީ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު މާއްދާތަކާ އެކު “ސުޕަރ ފުރުޓް “ގެ ގޮތުގައެވެ.

ކޮންމެ ދުވަހަކު ކެއުމުގައި ދޮންކެޔޮ ބޭނުންކުރާ ނަމަ ހަޖަމުކުރުމުގެ ނިޒާމާއި ރަނގަޅު މޫޑުގައި މުޅި ދުވަސް ހޭދަކޮށްލުމަށް މިއީ އެންމެ ރަނގަޅު ފަރުވާ އެވެ. ވިޓަމިންގެ އިތުރުން މިނެރަލްސް އާއި ކާބޯ ހައިޑްރޭޓްސް އެކުލެވިފައިވުމުން ގުދުރަތީ ހަކަތަ އުފައްދައިދޭ މޭވާއެއްގެ ގޮތުގައި ސިއްހީ މާހިރުން ބުނާ މޭވާއެއް ކަމުގައި ދޮންކެޔޮ ވެ އެވެ. މާހިރުން ބުނާ ގޮތުގައި ދޮންކޭލުގައި 90 މިނިޓް ވަންދެން ކަސްރަތު ކުރެވޭ ވަރުގެ ހަކަތަ އެކުލެވިގެންވެ އެވެ.

ދޮންކޭލަކީ ޑިޕްރެޝަން، ކިޑްނީ، ކެންސަރ، ކަށީގެ ބަލިތައް، ހެނދުނު ހޭލާއިރު ވާ އުނދަގޫތައް ފަދަ ކިބިހި އެޅުން، ބޮލުގައި ރިއްސާ ގޮތްވުން، ހުންވައްތަރުވެ ކަންނެތް ވެފާ ހުރުން ފަދަ ބަލިތަކުން ދިފާއު ކޮށްދޭ މޭވާއެކެވެ.

ހަންގަނޑުގެ މައްސަލަތަކުގެ ފަރުވާއެއްގެ ގޮތުގައި ވެސް ދޮންކެޔޮ ބޭނުންކުރެވެ އެވެ. އެގޮތުން ދޮންކޭލުގެ ދޮށިގަނޑަކީވެސް ހަނގަނޑު ކުރަކިވެ ހިކިފައި ހުންނަ ފަރާތްތަކުން ހަންގަނޑުގައި ހޭކުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355