twitterviber whatsapp telegramfacebookyoutube instagram
17th February 2020

ކަގި ފަރަށް އެރި ދޯނިގައި އިތުރު ދިވެއްސަކު ހުރި: ފުލުހުން

ޚަދީޖާ އާދަމް
Jan 18, 2020

ކުޅުދުއްފުށީ ހަވީރީނާޒް، މުހައްމަދު ޔޫސުފް ގެއްލުނު ހާދިސާގައި އޭނާ ދުއްވި ދޯނި ކ. ކަގި ފަރަށް އެރިއިރު އިތުރު ދިވެއްސެއް ވެސް އެ ދޯނީގައި ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަރަށް އަރާފައިވާ ދޯނި ކައިރިން ދިޔަ އެހެން ބަޔަކު ނަގާފައިވާ ފޮޓޯތަކެއް އެ ދުވަސްވަރު އާންމުވި އިރު އެ ފޮޓޯތަކުގައި ކައްޕި އާއި ބިދޭސީ ދެ މީހުން ފެންނަން ވެސް ތިބެ އެވެ.

ކައްޕި ގެއްލުނު ސަަރަހައްދުގެ ފަރުގެ އަޑިން ވަޅިއަކާއި ލޭގެ އަސަރު ހުރި ތުވާއްޔެއްގެ އިތުރުން ފޯނެއް ވަނީ ހޯދައިފަ އެވެ.

މި މަހު ހަވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ފުރަތަމަ އެނގުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން މައުލޫމާތު ދިން ގޮތުގައި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

އެ މައްސަލާގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރި އިރު ކައްޕި ގެއްލުނު އިރު ބޯޓުގައި ތިބި ދެ ބިދޭސީން ހައްޔަރު ކުރި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355