twitterviber whatsapp telegramfacebookyoutube instagram
17th February 2020

އިސްލާމީ ޝަރީއަތް ގާއިމްކުރާނެ ކަމުގެ އިންތިޒާރުގައި ތިބުން ނޫން ގޮތެއް ނެތީ ބާ؟

ނަބީލާ އިސްމާޢީލް
Jan 18, 2020

ކޮންމެ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ރައްޔިތުންގެ އިނގިލި ދިއްކުރުން ކަމާއި ބެހޭ އިދާރާތަކަށް އަމާޒުވަނީ އެތަންތަނުގެ އިސްވެރިންގެ އިހުމާލު ރައްޔިތުންނަށް ކޮންމެ ކަމެއްގައިވެސް ސިފަވާތީ އެވެ. މިފަދަ ކޮންމެ ކަމެއްގައިވެސް އިހުމާލުވާ އެތައްބަޔަކު ތިބޭނެ އެވެ.

ކޮންމެ ކަމެއް ހިނގާއިރަށް ހަރުކަށި އަދަބު ދޭން ގޮވާލާ އަޑު މުޅި މުޖުތަމައުގައި ގަދަވެގެން ދެ އެވެ. ނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބު ތަންފީޒުކޮށްގެން މެނުވީ މިފަދަ ހަޑިހުތުރު އަމަލުތަކުން އުންމަތް ސަލާމަތް ކުރެވެން ނެތްކަން ދުވަހެއް ދުވަހަކަށް މިދަނީ ސާބިތުވަމުން ނެވެ.

އިސްލާމް ދީނުގައި ހަށުކަށި އެއްވެސް އަދަބެއް ނުވެ އެވެ. އޮތީ އަދުލު އިންސާފު ހައްގު އަދަބެވެ. އެފަދަ އަމަލެއް ކުރާ އެންމެ މީހަކަށް ހައްގު އަދަބު ލިބުނު ކަމުގައި ވީނަމަވެސް ދެން ތިބި މީހުނަށް އެފަދަ މުޑުދާރު އަމަލެއް ކުރަން ޖެހިލުންވާ ފަދަ އަދަބެވެ. އިންސާނުންގެ އަތުން ބޭނުން ގޮތަކަށް ލިޔެފައިވާ ގާނޫން ތަކަށް ވުރެންމާ ފުރިހަމަ އަދަބު ތަކެކެވެ.

މިފަދަ ކޮންމެ ހާދިސާއަކަށް ފަހު ކަމާބެހޭ އިދާރާތަކުން މޮޅެތި ބަސްތަކުން އަތުރާލެވިފައިވާ ބަޔާނެ ނެރެ ރައްޔިތުންނަށް ހާމަކުރުމުން އެ އިދާރާއެއްގެ ޒިންމާ އަދާވީކަމަކަށް ނުބެލެވެ އެވެ. އެމައްސަލައެއްގެ އަހުލުވެރިން ދުވަސްކޮޅަކުން ނަފުސާނީ ބަލީގެ ސެޓްފިކެޓެއް ހައްދާލައިގެން ކުށުން ބަރިއްޔަވުން ބަލައެއް ނުގަނެވޭ އެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމީ ޝަރީއަތް ނޫން ޝަތީއަތެއް އޮތުން އެއީ މުޅި މުޖުތަމައު ނާމާން ކަމާއި ބިރުވެި ކަމެއްގެ ތެރޭގައި ތިބެންޖެހުމުގެ މައިގަނޑު އަސްލެވެ.

ވައްކަން ކުރުމާއި، މަގުފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީއާއި ރޭޕް ކުރުންފަދަ ކުށްތަކަށް ދޭންޖެހޭ އަބަދު ތަންފީޒު ކުރެވޭ ކަމަށް ވާނަމަ ކުށް ކުރުން ހުއްޓުވޭނެ ކަމާއި މެދު ދެބަސްވޭވޭކަށް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355