twitterviber whatsapp telegramfacebookyoutube instagram
29th February 2020

ގޫގުލް ކްރޮމްއިން ތާރޑްޕާޓީ ކުކީސްތައް ދުއްވާލަނީ

ޚަދީޖާ އާދަމް
Jan 19, 2020

އިންޓަނެޓްގެ އެންމެ ބޮޑު ކޮންޓްރޯލެއް އޮންނަނީ ގޫގުލްގެއެވެ. އެންމެ ގިނަ މީހުން އިންޓަނެޓްގެ ބޭނުން ކުރަނީ ގޫގުލް ކްރޮމް މެދުވެރިކޮށެވެ. ދާދި ފަހުން ގޫގުލް އިން މިވަނީ ގޫގުލް ކްރޮމްގެ ތާރޑްޕާޓީ ކުކީސްތައް ކުރިއަށް އޮތް ދެ އަހަރުތެރޭގައި ދުއްވާލާނެ ކަމަށް ބުނެފައެވެ.

ކްކީސްއަކީ ވެބްސައިޓުތަކަށް ވަންނަ މީހުންގެ މައުލޫމާތާ އެމީހުން ސެޓިންތަކަށް ގެންނަ ބަދަލު އެއްކުރުމަށް ބޭނުން ކުރާ ފައިލެކެވެ. އެގޮތުން އެއްފަަހަރު ވަންނަ ވެބްސައިޓަކަށް ދެވަނަ ފަހަރަށް އެމީހަކު ވަންނަނަމަ އެމީހެއްގެ ސެޓިން ބަދަލުކުރި ގޮތަށް ބެހެއްޓުމަށް ކްކީސްތައް ބޮޑު ދައުރެއް އަދާކުރެ އެވެ. ކްކީސްތަކަކި އެއްވެސް ހާލެއްގެ ގެއްލުމެއް ދެވޭނެ އެއްޗެއް ނޫނެވެ. އަދި މިއީ ބޭނުން ނަމަ ފުހެލެވޭވެސް ފައިލްތަކެކެވެ.

ކްރޮމް ކްކީސް މެދުވެރިކޮށް ގިނަ އަދަދެއްގެ އެޑްވަރޓައިޒާސް އަދި ކޮންޕެނީތަކުން ކްރޮމް ބޭނުން ކުރާ ފަރާތްތަކަށް އެމީހުންގެ މައުލޫމާތު ވެސް ފޯރުކޮށްދެއެވެ. ނަމަވެސް ތާރޑް ޕާޓީ ކްކީސްތައް މެދުވެރިކޮށް ތިމާ ވަންނަ ސައިޓްތަކުގެ އިތުރުން އެހެން ސައިޓްތަކަށް ވަނުމަށް ތިމާއަށް ނޭގި ސިސްޓަމަށް ހުއްދަ ދެއެވެ.

ކްރޮމްގެ ޑައިރެކްޓަރ އޮފް އިންޖިނިއަރިން ޖަސްޓިން ސްޗު ބުނީ ކުރިއަށް އޮތްތަނުގައި ތާރޑް ޕާޓީ ކްކީސްތައް ކުރިއަށް އޮތް ދެ އަހަރު ތެރޭ ފުހެލާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ގޫގުލް ކްރޮމް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ވެގެން ދާނެ ކަމަށް ޖަސްޓިން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355