twitterviber whatsapp telegramfacebookyoutube instagram
29th February 2020

ސިފައިގެން ދެމީހަކު ކުއްޖަކު ރޭޕްކުރިކަން އެއްވެސް ފަރާތަކުން އަންގާފައެއްނެތް: ދިފާއީ ބާރު

Jan 18, 2020

ސިފައިގެން ދެމީހަކު 15 އަހަރުގެ ކުއްޖަކު ރޭޕްކުރިކަމަށް އެއްވެސް ފަރާތަކުން އެ މުއައްސަސާއަށް ހިއްސާކޮށްފައިނުވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

މިއަދު އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު މަޖިލީހުގެ ހިއުމަށް ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވިދާޅުވުމާއި ގުޅިގެން އެފަދަ ކަމެއް ހިނގާގައިވާކަން އެ މުއައްސަސާއާއި އެއްވެސް ފަރާތަކުން ހިއްސާކޮށްފައި ނުވާކަމަށެވެ.

އަދި މަޖިލީހުގައި މިކަމުގެ ވާހަކަފުޅު ދެއްކެވި މެންބަރާއި އަދި ފުލުހުންނާއި މި މުއައްސަސާގެ ފަރާތުން ގުޅުމުން 15 އަހަރުގެ ކުޑަ ކުއްޖާ ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދެވިފައި ނުވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެފަދަ އަމަލެއް ސިފައިގެންގެ މީހެއްގެ ފަރާތުން ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން އެ މުއައްސަސާއަށް ހިއްސާކޮށްފިނަމަ އެ މަސައްލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ސިފައިގެން ދެމީހަކު 15 އަހަރުގެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

ރޮޒައިނާ ވަނީ އެ ކުއްޖާގެ މަންމަ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން ވެސް އެކަން ކުރިއަށް ނުދިޔަ ކަމަށާއި އެހެންވެ އޭނާ އަމިއްލަ އަށް ވިލީފުލުހަށް ވަޑައިގެން އެ މައްސަލަ ހުށަހެޅުއްވި ކަމަށް ވިދާޅުވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355