twitterviber whatsapp telegramfacebookyoutube instagram
29th February 2020

އެމްޑީޕީ ޕްރައިމަރީ: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ދެ ބޭފުޅުން، 16 ކައުންސިލަރުން

އިބްރާހިމް ހަމީދު
Jan 19, 2020
2

އޭޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް ދެބޭފުޅަކު ވާދަކުރައްވާއިރު ކައުންސިލަރުކަމަށް ކުޅުދުއްފުށީގެ ހަ ދާއިރާއަށް ސޯޅަ ބޭފުޅުން ވާދަކުރަން ނިންމާފައިވާކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް އެމްޑީޕީ އިން ވާދަކުރައްވާ ބޭފުޅުން

  • މުޙައްމަދު އާތިފް / ހިލްމަން ހދ ކުޅުދުއްފުށީ
  • އަހްމަދު އާތިފް / މާވިނަ ހދ .ކުޅުދުއްފުށީ

އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ބޭފުޅުންނާ ދާއިރާތައް:

ކުޅުދުއްފުށި ސިޓީ 1 (ކުޅުދުއްފުށީ އުތުރުދާއިރާއަށް)

މުޙައްމަދު ދާއޫދު ރޯމާ ހދ.ކުޅުދުއްފުށީ

ކުޅުދުއްފުށި ސިޓީ (ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާ)

އަޙްމަދު އަބްދު ﷲ / އިރުވައި ހދ.ކުޅުދުއްފުށީ
އިބްރާހީމް ހަސަން / މިދިލިމާގެ ހދ.ކުޅުދުއްފުށީ
އަލީ ނިފާޒް / ދަފްތަރު ނަމްބަރު ރސ 6644
އާދަމް އަލީ / ގަހާ ހދ.ކުޅުދުއްފުށީ

ކުޅުދުއްފުށި ސިޓީ (ކުޅުދުއްފުށީ މެދު އުތުރުދާއިރާ)

އާމިނަތު މަޖީދާ / ނޫރު ހދ. ކުޅުދުއްފުށީ
ސަމާ އަލީ / ހިރި ހދ. ކުޅުދުއްފުށީ
ނަދީމާ މުޙައްމަދު / ރިހިވެލި ހދ ކުޅުދުއްފުށީ
އައިސަތު ސަހުމާ / ރަންދި ހދ .ކުޅުދުއްފުށީ

ކުޅުދުއްފުށީ ސިޓީ (ކުޅުދުއްފުށީ މެދު ދެކުނު ދާއިރާ)

އާތިފާ އަލީ / ދިވެހިގެ ހދ.ކުޅުދުއްފުށީ
ޠަޢުމާ މުޙައްމަދު / ޑްރެސް ހދ.ކުޅުދުއްފުށީ

ކުޅުދުއްފުށި ސިޓީ (ކުޅުދުއްފުށީ ހުޅަނގުދެކުނުދާއިރާ)

ޢަބްދުއްޝަކޫރު އަޙްމަދު / ކުރިނަންފިލާގެ ހދ.ކުޅުދުއްފުށީ
ރިޟްވާން މުޙައްމަދު / ކަށިކެޔޮގަސްދޮށުގެ ހދ.ކުޅުދުއްފުށީ

ކުޅުދުއްފުށި ސިޓީ ( ކުޅުދުއްފުށީ އިރުދެކުނުދާއިރާ )

އަޙްމަދު މުޙައްމަދު / ދެރަހަ ހދ.ކުޅުދުއްފުށީ
އަލީ އަޙްމަދު / ފަލަކް ހދ.ކުޅުދުއްފުށީ
އަބްދުއްލަތީފް ހަސަން / ސަބްނަމީގެ ހދ.ކުޅުދުއްފުށީ

ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ކަނޑައެޅުމާއެކު ސިޓީގެ ދާއިރާތައް އިލެކްޝަން ކޮމިޝަނުން ކަނޑައެޅުމުން ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކުގެ ޓިކެޓް ހޯދަން އެމްޑީޕީން ހުޅުވާލީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކުޅުދުއްފުށި ސިޓީން އިންތިހާބު ކުރާ މޭޔަރުކަމަށް ދެފަރާތުން އަދި ކައުންސިލަރު ކަމަށް ހަ ދާއިރާގެ ގޮނޑިއަށް 16 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ފިޔަވައި އެހެން ގޮނޑިތަކަށް ވަނީ ދެ މީހުނަށް ވުރެ ގިނަ މީހުން ކުރިމަތިލައިފައިވާ ކަމަށެވެ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި 1200 ވުރެން ގިނަ ކެންޑިޑޭޓުން މުޅި މިއިންތިހާބުގައި ވާދަ ކުރައްވާނެކަމަށް އެމްޑީޕީ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355