twitterviber whatsapp telegramfacebookyoutube instagram
29th February 2020

ކުޅުދުއްފުށީ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް

ޚަދީޖާ އާދަމް
Jan 21, 2020
3

މި އަހަރަށް ކުޅުދުއްފުށީ ކައުންސިލުން އެކުލަވާލީ އެ ކައުންސިލްގެ މަސައްކަތު ތާވަލުގައި ކައުންސިލްގެ އިދާރާ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ކަންކަމެއް އެކުލަވާލައިފި އެވެ. ކައުންސިލްގެ މަސައްކަތު ތާވަލްގައި ރައްޔިތުންނަށް މައުލޫމާތު ދިނުން ފަދަ އެކި ޕްރޮގްރާމްތަކާއެކު ޖުމްލަ 25 ކަމެއް ވަނީ ހިމަނާފައެވެ.

އެގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލް އިދާރާ ދެފަހަރު ފައިނޭންޝިއަލީ އޮޑިޓް ކުރެވި، މުވައްޒަފުންނާއި ގުޅޭ ކަންތައްތައް އަދި އިދާރީ ހިންގުމާއި ގުޅޭ އޮޑިޓެއް ހެދުން ހިމެނެއެވެ.

އަދި މީގެ އިތުރުން ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭ އެސް.އޯ.ފީސް އަދި މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ރިވިއުކޮށް ރިވައިސްކުރުންމަށް ވެސް ތާވަލުގައި ވަނީ ހިމަނާފައެވެ.

ރައްޔިތުންނަށް މައުލޫމާތު ފުރިހަމަ އަދި ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުމަށް ކައުންސިލްގެ ވެބްސައިޓް ހިންގުން ހަރުދަނާކޮށް، ގާނޫނުގައި ވާ ގޮތަށް ރައްޔިތުންނާއި ބައްދަލުކުރުމަށާއި ކޮންމެ ކުއާޓާއަކު އެއްފަހަރު ރަށުގެ މުވައްސަސާތަކާއި ބައްދަލު ކުރުމަށް ވެސް ހިމަނާފައިވެއެވެ

ތާވަލުގައި ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ކަންކަމުގެ ތެރޭގައި އެކި ކަންކަމާއި ގުޅޭ ތަމްރީން ޕްރޮގްރާމުތައް ހިންގުން ހިމެނެއެވެ. އެގޮތުން 10 ތަމްރީމް ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ.

ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތައް:

  • ލޭންގްއޭޖް އެންޑް ކޮމިއުނިކޭޝަން ޓްރެއިނިންގ ޕްރޮގްރާމް
  • ޕްރިޖެކްޓް މެނޭޖްމެންޓް ޓްރެއިނިންގ ޕްރޮގްރާމް
  • ޕާފޯމަންސް އެޕްރައިސަލް ޓްރެއިނިންގ ޕްރޮގްރާމް
  • އޮޓޯކެޑް ބޭނުން ކުރާނެ ގޮތުގެ ތަމްރީން
  • ފައިނޭންޝަލް މެނޭޖްމެންޓް ޓްރެއިނިންގ ޕްރޮގްރާމް
  • ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް
  • އައިޓީ އެންޑް އިނޮވޭޝަން އާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމް
  • ޕާސަނަލް ޑިވެލޮޕްމެންޓާއި ގުޅޭ ޓްރެއިނިންގ
  • އޮފީސް އެޑްމިނިސްޓްރޭޝަންއާއި ގުޅޭ ޓްރެއިނިންގ
  • އިދާރާގެ ސަޕޯޓް ސްޓާފުންނަށް އިލްކްޓްރިކަލް މެކޭނިކަލް ޓްރެއިނިން ދިނުން

މީގެ އިތުރުން ކައުންސިލުން ދޭނެ ހިދުމަތްތަކާއި ކައުންސިލަށް ހިމަނާފައިވާ ކަންކަންވެސް ތާވަލުގައި ހިމަނާގައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކައުންސިލް އިދާރާއިން އިކޮނިމިކް މިނިސްޓްރީން އާއި ގުޅުންހުރި ހިދުމަތްތައް ދިނުމަށް ވަނީ ނިންމާފައެވެ.

ކައުންސިލަށް ބޭނުންވާ ކަންކަމުގެ ގޮތުގައި ކައުންސިލް ބްރޭންޑިން ބިޒްނަސް ޕްލޭން އަދި މާކެޓިން ޕްލޭން އެކުލަވާލުމާއި ބިމުގެ ރަޖިސްޓްރީ ހެދުމަށް އޮޓޯކެޑް ސޮފްޓްވެއާރ ގަތުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށް ސްކޯލަޝިޕް ދިނުމަށް ކައުންސިލުން ގަވައިދު އެކުލަވާ ލުމާއި މުވައްޒަފުންނާއި ކައުންސިލަރުންގެ ބައްދަލުވުންތައް މަހަކު އެއްފަހަރު ބާއްވާ، މުވައްޒަފުންގެ ދަތުރެއް ދިއުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ސިޓީ ކައުންސިލަކަށް ބަދަލުވުމާއި ގުޅިގެން ސިވިލް ސާރވިސް ކޮމިޝަނާއި ގުޅުންހުރި އާ އޮނިގަނޑާ އިދާރީ ހިންގުން ހަރުދަނާ ރިވިއުކުރުމަށްވެސް ތާވަލުގައި ހިމަނާފައި ވެއެެވެ.

ތާވަލުގައި ޖަމިއްޔާތަކަށް އިސްކަންދީގެން، އެ ޖަމިއްޔާތަކަށް ދިމަވާ މައްސަލަތައް ދެނެގަނެ އެސެސްޓްމެންޓް ހަދައި ހައްލުކޮށްދިނުމަށް އެހީތެރިވުމަށާއި ޖަމިއްޔާތަކައި ގުޅިގެން ރަށުގެ ކުރިއެރުމަށް އެކި ޕްރޮގްރާމުތައް ހިންގުމަށް ވަނީ ހިމަނާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355