twitterviber whatsapp telegramfacebookyoutube instagram
29th February 2020

ޓްރީ ޓޮޕުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްބާމިންގް ޕްރޮސީޖަރ އެއް ހަދައިފި

ނަބީލާ އިސްމާޢީލް
Jan 21, 2020

މަރުވުމަށްފަހު ރާއްޖޭން ބޭރަށް ފޮނުވުމަށް ހަށިގަނޑު ހަލާކުވެނުދާނެގޮތަށް ރައްކާތެރިކުރުމަށް ފުރިހަމަކުރާ ޕްރޮސީޖަރ އެއްކަމަށްވާ އެމްބާމިންގް ޕްރޮސީޖަރ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިއްޔެ ކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލު މޯޗަރީ ހިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް މި ހިދުމަތް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން 2 ވަނަ ދުވަހު އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަޤްވާމީ ގަވާއިދުތަކާއި އެއްގޮތަށް މި ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވަނީ ލައިސެންސް ލިބިފައިވާ ގާބިލް ބޭފުޅުން ނެވެ. އަދި މި ހިދުމަތާއި އެކު ބައިނަލްއަގްވާމީ ފެންވަރުގެ އެމްބާމް ކުރެވިފައިވާ ކަމުގެ ސެޓްފިކެޓް އެއް އެމްބާމްކުރެވޭ ފަރާތަށް ދެވޭނެ އެވެ.

އެމްބާމިންގެ މި ހިދުމަތަކީ ރާއްޖޭގެ އަދި ދުނިޔޭގެ ގަވާއިދުތަކުގެ ދަށުން މަރުވެފައިވާ ފަރާތުގެ ހަށިގަނޑަށް އިހްތިރާމްކޮށް ގެއްލުން ނުވާނެހެން ނަގަންޖެހޭ އެންމެހާ ރައްކާތެރި ފިޔަވަޅުތަކާއެކު ދެވޭ ހިދުމަތެކެވެ.

މަރުވެފައިވާ މީހުންގެ އެމްބާމިންގ ޕްރޮސީޖަރ ހަދަނީ މަރުވުމަށްފަހު ހަށިގަނޑު ކުނި ނުވެ ގިނަ ދުވަހު ބޭއްވުމަށެވެ. އަދި މިކަން ކުރަނީ އާއިލާގެ އެދުމުގެ މަތިން އެފަރާތުން ބޭނުން ނަމަ އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއީ ޕްރެކްޓިސް ކުރަމުން އަންނަ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355