twitterviber whatsapp telegramfacebookyoutube instagram
29th February 2020

ކްރޯނާ ވައިރަސް އެއާޕޯޓުތަކުގައި ސްކްރީން ކުރުން ވަރުގަދަ ކުރަން ޖެހޭ: ޑރ ނިޔާފް

ޚަދީޖާ އާދަމް
Jan 22, 2020

ކޮރޯނާ ވައިރަސް ރާއްޖެ އެތެރެ ވުމުގެ ފުރުސަތު އޮތުމުން ރާއްޖޭގެ އެއާޕޯޓުތަކުގައި މި ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަ ކުރަން ޖެހިފައިވާކަމަށް ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައި ވާއިރު މި ބައްޔަކީ ނޭވާލާ ނިޒާމަށް އަސަރު ކުރުވާ ބައްޔަކެވެ.

ގިނަ ގައުމުތަކަކުން ވަނީ އެއާޕޯޓުތަކުގައި ބައްޔަށް ސްކްރީންކުރުމުގެ ކަންކަން ވަރުގަދަކޮށްފަ އެވެ. އެކަން ފާހަގަ ކުރައްވައި ޑރ. ނިޔާފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގައުމުތަކުން މިހާރު ފިޔަވަޅުތައް ވަރުގަދަކޮށް އެ ފިޔަވަޅުތައް އިއުލާންކޮށްފައިވާ ކަމަށެވެ.

ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ މި ބަލި ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.

ޗައިނާގެ ވުހާން ސިޓީއިން އެނބުރި އޮސްޓްރޭލިއާއަށް ދިޔަ މީހަކު ވެސް ބައްޔަށް ތުހުމަތު ކުރެވޭތީ މިހާރު އަންނަނީ އެކަހެރިކޮށްގެން ފަރުވާ ދެމުންކަމަށް ހަބަރުތަކުން ބުނެއެވެ.

މިހާތަނަށް އެ ބަލި ޖެހިފައިވާ 440 މީހުން ފެނިފައިވާއިރު، ނުވަ މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. ޗައިނާގެ އިތުރުން ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފަ އެވެ.

ޑރ. ނިޔާފް އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރުވެސް ހުމަށް ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އެ ސިސްޓަމް ބޭނުން ކުރަމުން އަންނަކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، މި ބަލި ރާއްޖެއަށް ފެތުރިދާނެކަމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލަފާދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355