twitterviber whatsapp telegramfacebookyoutube instagram
29th February 2020

ކައްޕި ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލަން: އެމްއެންޑީއެޕް

ޚަދީޖާ އާދަމް
Jan 23, 2020

މާލެއަތޮޅު ކަގި ކައިރީ އޮންނަ ފަރަކަށް މި މަހުގެ ފަސް ވަނަ ދުވަހު އެރި "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި ކުޅުދުއްފުށީ، ހަވީރީނާޒް މުހައްމަދު ޔޫސުފް ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ދޯނި އަދިވެސް އޮތީ ފަރުމަތީގަ އެވެ. އެނގިފައިވާ ގޮތުގައި އެ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ދޯނި އޮތީ ވަރަށް ބޮޑަށް ފަރަށް އަރައި ހިކިފަ އެވެ.

އެމްއެންޑީއެފްއިން ބުނީ މުހައްމަދު ހޯދަން ކުރާ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި ނަމަވެސް މުހައްމަދާ ގުޅުން ހުރި އެއްވެސް އެއްޗެއް ފަހުން ނުފެންނަ ކަމަށެވެ.

ނަމަވެސް އޭނާ ގެއްލުނު ގޮތާ ބެހޭ ގޮތުން އުފެދުނު ގިނަ ސުވާލުތަކަށް އަދިވެސް އޮތީ ޖަވާބު ނުލިބި އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އޭރު ބުނި ނަމަވެސް ފަހުން އެކަމާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މުހައްމަދު ގެއްލުނު ގޮތާ މެދު ސުވާލު އުފެދުނީ އޭނާ ދަތުރުކުރި ދޯނި ފަރަށް އެރިތާ އެއް ދުވަސް ވީ އިރު ވެސް އެކަން ކޯސްޓްގާޑަށާއި ދޯނީގެ ވެރިފަރާތަށް ވެސް ނާންގާ އޮތުމުންނެވެ.

މުހައްްމަދު ގެއްލުނު ސަރަހައްދުން މިހާތަނަށް ފެނިފައި ވަނީ ފޯނަކާއި ވަޅިއެއް ލާފައިވާ ކަޅު ކޮތަޅަކާއި ލޭ ހޭކިފައިވާ ތުވާލިކޮޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355