twitterviber whatsapp telegramfacebookyoutube instagram
29th February 2020

ތަށިދޮންނަ ސްޕޮންޖް ބަދަލު ކުރެވެނީ ކިތައް ދުވަހުން!

ނަބީލާ އިސްމާޢީލް
Jan 26, 2020

ތަށި ނުވަތަ ތެލިދޮންނަން ބޭނުންކުރާ ސްޕޮންޖް ބަދަލުކުރަނީ ކިތައްދުވަހުން ހެއްޔެވެ. މިއީ ބައެއް މީހުން އެހާ ސަމާލުކަން ދޭ ކަމެއް ނޫނެވެ. ބައެއް މީހުން ސްޕޮންޖް ގަނޑު ގިރި ހުސްވަންދެން ވެސް ބޭނުންކުރެ އެވެ.

ކޮންމެ ދުވަހަކު އެތައް ފަހަރަކު ބޭނުންކުރާ ސްޕޮންޖް ގަނޑަކީ ފާހާނާގައި ބެކްޓީރިއާ ހުންނަ މިންވަރުގެ ދެ ލައްކަ ގުނަ އިތުރަށް ޖަރާސީމް ހުންނަ އެއްޗެއްކަމަށް ދިރާސާތަކުން ދައްކާކަމަށްވެ އެވެ. ވިސްނާލުން މުހިންމު ކަމެއް ނޫން ހެއްޔެވެ؟

މައިކުރޯ ބަޔޮލޮޖީގެ ޕްރޮފެސާރެއް ކަމަށްވާ ޗާލްސް ބާގާ ވިދާޅުވާގޮތުގައި ފާހާނާ ތައްޓަށްވުރެ ފަންގަސް އަށަގަތުމުގެ ފުރުސަތު އެންމެ ބޮޑީވެސް ސްޕޮންޖުގަ އެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރަނީ ފާހާނާ ތަށި އޮމާންވެފައި ފިނި ވުމާއި ސްޕޮންޖަކީ ތެތް އަދި ފަންގަސް އަށަގަތުމަށް އެކަށީގެންވާ މާހައުލެއް ލިބިފައިވާ އެއްޗަކަށް ވުމެވެ.

ކިތަންމެ އަވަސް އަވަހަށް ސްޕޮންޖުގަނޑު ބަދަލު ކުރި ނަމަވެސް އަބަދުވެސް ވީހާވެސް ބޮޑަކަށް ސްޕޮންގް ދޮވެ ސާފުކޮށް ބާއްވަން ވާނެ ކަމަށާއި އަބަދުވެސް ރަނގަޅަށް އެއިން ފެން ހިއްކާފަ ސްޕޮންޖް ބާއްވަން ވަކި ހާއްސަތަނެއް ބަހައްޓަންވާނެ އެވެ. އެތަނަކީ ފެން ނުޖެހޭ ގޮތަށް ހުންނަ ތަނަކަށްވުން މުހިންމު ކަމަށެވެ.

ބައެއް މީހުންނަކީ ތެލި ތަށި ދޮންނަން ބޭނުންކުރާ ސްޕޮންޖްގަނޑު އުނދުންމަތި އަދި ކާމޭޒުމަތި ވެސް ސާފުކުރާ ބައެކެވެ. ނަމަވެސް މިއީވެސް ރަނގަޅު ކަމެއް ނޫނެވެ. ކާއެއްޗެހި އަޅާ ތަށި ދޮންނަށް ގެންގުޅުން ރަނގަޅީ ވަކި ސްޕްންޖްގަނޑެކެވެ. ތެލި ދޮންނަން ވަކި ސްޕޮންޖެކެވެ. މޭޒުމަތި އަދި އުނދުން ސާފްކުރުން ރަނގަޅީ އެކަމަށް ހާއްސަ އެއްޗަކުން ޑިސްއިންފެކްޓެންޓެއް ބޭނުންކޮށްގެނެވެ.

ރަށި އަދި ތެލި ފަދަ ކާއެއްޗެހި އަޅާ ތަކެތި ދޮވުމަށް ބޭނުންކުރާ ސްޕޮންޖްގަނޑު ގިނަވެގެން ގެންގުޅުން ރަނގަޅީ ހަފްތާ އަކު އެވެ. ނަމަވެސް ބޭނުން ކުރާ މިންވަރަށް ބެލުމަށްފަހު އެއަށްވުރެން އަވަހަށް ބަދަލުކުރުން ރަނގަޅެވެ. މިކަހަލަ ކަންތަކަކީ މީހުން ވަރަށް ކުދި ކުދި ކަންތަށް ކަމަށް ދެކިގެން އެހާ ސަމާލުކަންދޭ ކަމެއް ނޫނެވެ. ނަމަވެސް މިއީ ސަމާލުކަން ނުދެވިއްޖެ ނަމަ ސިއްހީ ބޮޑެތި މައްސަލަތައް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ފަދަ ކަންތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355