twitterviber whatsapp telegramfacebookyoutube instagram
29th February 2020

ކުޅުދުއްފުށީ އަންހެން ފުޓްސަލް މުބާރާތުގައި 6 ޓީމަކުން ބައިވެރިވެއްޖެ

ނަބީލާ އިސްމާޢީލް
Jan 26, 2020

ސިބްކޯ ކަނބުލޮ ވުމެންސް ފުޓްސަލް ޗެލެންޖްގެ ނަމުގައި ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެއްޖެ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިއްޔެއަށް ހަމަވެފައިވާއިރު މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުންނެވެ. އެއީ ޓީމް އީގަލްސް، ފިޔަވާލި، ޔުނީކް ފުރެންޑްސް، ކޭވައިއާރުސީގެ އިތުރުން ކޭއާރުއެޗް އަދި ޓީމް ބިއަރޑް އެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 7 ވަނަ ދުވަހުގެރޭ 08:15 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގަ އެވެ. އަދި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 18 ވަނަ ދުވަހުގެ ރޭ ކަމަށާއި ކޮންމެ ރެއަކު 2 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅޭނީ ރޭގަނޑުކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށައެޅިފައިވާ މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ސިބްކޯ ޕުރައިވެޓް ލިމިޓެޑެވެ. ނަމަވެސް އިންތިޒާމްކުރާ ފަރާތުން ވަނީ އެކި ގޮތް ގޮތުން އެހީތެރިވެދެއްވި އެންމެހާފަރާތް ތަކަށް ޝުކުރުދަންނަވާފައެވެ.

މި މުބާރާތަކީ އަންހެނުން ކުޅިވަރުގެ މައިދާނަށް ނިކުތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ މަގުސަދުގައި ކުޅުދުއްފުށީގެ އަންހެނުންނަށް އަދި ކުޅުދުއްފުށީގައި ދިރިއުޅޭ އަންނެހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355