twitterviber whatsapp telegramfacebookyoutube instagram
29th February 2020

ކުޅުދުއްފުށީގައި ސްވިމިންގ ކޯޗިންގ ކޯހެއް ފަށަނީ

ނަބީލާ އިސްމާޢީލް
Jan 26, 2020

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގުޅިގެން ކުޅުދުއްފުށީގައި ސްވިމިންގ ކޯޗިންގ ބޭސިކް ކޯހެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނި ގޮތުގައި މިއީ ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ބޭސިކް ސްވިމިންގ ކޯސް ކޯޗުން ތަމްރީނުކުރުމުގެ މަގުސަދުގައި ހިންގަން ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

2 ފެބުރުއަރީން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ސަރުތު ހަމަވާ ކޮންމެ ފަރާތަކަށް ބައިވެރި ވުމުގެ ފުރުސަތު އޮތް އިރު ކޯހުގެ ތަރުތު ތަކަކީ އުމުރުން 18 ން މަތީގެ ދިވެއްސަކަށްވުން، އެހެންމީހެއްގެ އެހީތެރިކަމެއްނެތި އަމިއްލައަށް، 400 މީޓަރަށް ފަތަން އެނގޭ މީހަކަށްވުން، ދިވެހިބަހުންނާ އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކޮށް ލިޔެކިޔަން އެނގުން، ކޯހުގެ މުއްދަތުގައި ކުޅުދުއްފުށި ސިޓީއަށް އަމިއްލަ ހަރަދުގައި އައިސް ކޯސް ފުރިހަމަކުރެވޭފަދަ މީހަކަށްވުމުގެ އިތުރުން މިފަދަ ކޯހެއް ފުރިހަމަކޮށް ވާދަވެރި ފެތުންތެރިން އުފެއްދުމުގެ މަސައްކަތުގައި ދެމިހުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން އަދި ޝަރުއީ ބަންދެއްގައި ހުރި މީހަކަށް ނުވުމެވެ.

ކޯހުގައި ބައިވެރިވާންއެދޭ ފަރާތް ތަކުން ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކޮށް މި މަހުގެ 30 ވަނަދުވަހުގެ 13:00 ގެ ކުރިން ސަބްމިޓްކުރުމަށް އެ އެސޯސިއޭޝަން އިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355