twitterviber whatsapp telegramfacebookyoutube instagram
29th February 2020

ޑާރކް ޗޮކްލެޓް: ސިއްހީ އެތަކެއް ފައިދާއެއް

ނަބީލާ އިސްމާޢީލް
Feb 5, 2020

ޗޮކްލެޓަކީ ގިނަ މީހުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. ނަމަވެސް ފަލަ ވެދާނެތީ ބައެއް މީހުން ޗޮކްލެޓާއި ދުރުގައި އުޅުމަށް މަސައްކަތް ވެސް ކުރެ އެވެ. ޑާކް ޗޮކްލެޓަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުން މުހިންމު ބާވަތެކެވެ. ނަމަވެސް ވިސްނަންވީ ޗޮކްލެޓް ކާންވީ މިންވަރެވެ. ކޮންމެ އެއްޗަކީވެސް އަދި ކޮންމެ ކަމަކީވެސް އެއެއްޗެއް ބޭނުންކުރަން އޮންނަ މިންވަރަށްވުރެން އިތުރަށް ބޭނުން ކުރެވިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމެކެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ދުވާލެއްގެ މައްޗަށް ޑާރކް ޗޮކްލެޓް ބޭނުން ކުރުން ރަނގަޅު މިންވަރަކީ 60-30 ގުރާމްގެ މިންވަރެއްކަމާއި ޑާރކް ޗޮކްލެޓް ކެއުމުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުވެ ހިތުގެ ލޭހިނގާ މިންވަރު ރަނގަޅު މިންވަރެއްގައި ހިފަހައްޓައި ދިނުމަށް އެހީވެދޭކަމަށެވެ. އަދި ބޭނުން ނޫން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ ސްޓްރޯކް އަދި ހާރޓް ފެއިލިއަރ ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތް ވުމަށް އެހީތެރިވެދެ އެވެ.

ޑާރކް ޗޮކްލެޓަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުންކުރެވޭ އެއްޗެއް ކަމުން ސިކުންޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ވިސްނުމާއި ހަނދާން ވަރުގަދަ ކޮށްދިނުމަށް އެހީތެރިވެދެ އެވެ. އަދި ޑާރކް ޗޮކްލެޓަކީ ވިޓަމިން އޭ، ބީ1، ސީ، ޑީ، އަދި އީ، ގެ އިތުރުން ދަގަނޑުގެ ބާވަތާއި ކެލްސިއަމް އެކުލެވިގެންވާ އެއްޗެއް ކަމުން އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުމުން ސަލާމަތް ކޮށްދިނުމަށް އެހީވެދީ ހަމުގައި ޖެހޭ ރޫ ފިލުމަށް އެހީތެރިވެ ދެއެވެ.

ކޮންމެ އިންސާނަކީވެސް ދިރިއުޅުމުގައި އެކި ކަހަލަ ވިސްނުންތައް ވިސްނަންޖެހޭ މީހެކެވެ. ބައެއް ފަހަރު ދިމާވާ ކަންތަކާ މަޔޫސްވެ ގޮތް ހުސްވާ ހިސާބަށްވެސް ވިސްނުން ދާ ފަހަރު އާދެ އެވެ. ދިރާސާތައް ބުނާގޮތުން ޗޮކެލްޓެއް ކާލުމުން މީހާގެ ފިކުރުތަކާއި ނުތަނަވަސްކަން ފިލުވާލައި އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355