twitterviber whatsapp telegramfacebookyoutube instagram
29th February 2020

މި އަހަރު 3 ޚާނުންނަށް ވުރެ ކުރީގައި އުޅޭނީ އަޖޭ އަދި އަކްޝޭ

ޚަދީޖާ އާދަމް
Feb 2, 2020

ބޮލީވުޑްގެ 3 ޚާނުން ކަމަށް މަޝްހޫރު ޝާހުރުކް، އާމިރު އަދި ސަލްމާން ޙާން ގެ ކާމިޔާބީއަށް އަދިވެސް ފަޑުވުމެއް ނާދެއެވެ. 3 ޚާނުންގެ ނަން ގަދަވި ކަމުގައި ވިއަސް މި 3 ތަރިންނާއި ދާދިއެކުގައި ބޮލީވުޑަށް ނިކުތް އަޖޭ ދޭވްގަން އަދި އަކްޝޭ ކުމާރަކީ އަދިވެސް ގަދައަށް ވިދަމުން އަންނަ ތަރިންނެވެ.

އަދި މިހާތަނަށް މި ދެ ތަރިން ކުޅެފައިވާ ގިނަ ފިލްމުތަކަކީވެސް ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއްކަން ފާހަގަކޮށްލެވެ.

އެގޮތުން އަޖޭގެ މި އަހަރުގެ ފުރަތަމަ ފިލްމު "ތާނަޖީ: ދަ އަންސަންގް ވޯރިއާ" ގެ ކާމިޔާބާއެކު އަހަރު ފެށުނު އިރު އަކްޝޭ 2019 ވަނަ އަހަރު ނިންމާލާފައިވަނީ "ގުޑް ނިއުސް" ގެ ކާމިޔާބުނެވެ.

3 ޚާނުންނާއި އެއްވަރަށް މި ތަރިންނާއެކު އަލަށް ބަތަލާގެ ރޯލުކުޅެން ލިބޭ އަންހެން ތަރިނަށް އިންޑަސްޓްރީގައި ކުރިއަށްދިއުމަށް އެއީ ލިބޭނެ ރަނުގެ ފުރުސަތެކެވެ.

އަކްޝޭ މި އަހަރުގެ ފުރަތަމަ ފިލްމަކަށްވާނީ ރޯހިތު ޝެޓީގެ "ސޫރިޔަވަންސީ" އެވެ. މިއީ މިހާރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މި އަހަރު މާރޗު 27 ގައި ބެލުންތެރިންނާއި ހިސާބަށް މި ފިލްމު އަންނާނެއެވެ. އެއަށްފަހު ކުޑަ އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ލަކްސްމީ ބޮމް އިންވެސް އަކްޝޭ ފެނިގެންދާނެއެވެ. އަދި އިންޑިޔާގައި ފާހަގަ ކުރާ ދިވާލީއާ ދިމާކޮށް ޔަސްރާޖްއިން ނެރޭ ޕްރިތަވީރާޖް އަކީވެސް އަކްޝޭގެ ފިލްމެކެވެ. އެހެންކަމުން މިއަހަރަކީ އަކްޝޭއަށް ބުރަ އަހަރަކަށް ވެގެންދާނެ އެވެ.

އަޖޭގެ މި އަހަރުގެ ފުރަތަމަ ފިލްމު 250 ކަރޯޑް ހަމަކުުމާ ގާތްވެފައިވާއިރު ދެން އަޖޭ އަތުގައި "ބުޖް: ދަ ޕްރައިޑް އޮފް އިންޑިޔާ" އަދި "މައިދާން" އެބަ އޮތެވެ. މި ދެ ފިލްމަކީވެސް ކާމިޔާބު ވާނެ ކަަމަށް ބެލޭވޭ ދެ ފިލްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355