twitterviber whatsapp telegramfacebookyoutube instagram
29th February 2020

ސާވިސް ޗާޖުދޭން މަޖުބޫރުވާ އިސްލާހެއް ހުށައަޅައިފި

ޚަދީޖާ އާދަމް
Feb 10, 2020

ސާވިސް ޗާޖުދޭން މަޖުބޫރުވާނެ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް މިއަދު ހުށައަޅައިފި އެވެ. މިއަދު މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި އެ އިސްލާހުގައި ސާވިސްޗާޖް އާ ގުޅޭ މާއްދާއެއް ވަނީ ހިމަނާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ޖެހޭނެކަމަށް ބިލުގައި ވަނީ ބުނެފައެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބަހާ ނިންމަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ސާވިސް ޗާޖު ބަހަން ޖެހޭ ގޮތްވެސް އެ ބިލުގައި ބަޔާންކޮށްފައިވާއިރު ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން ސާވިސް ޗާޖު ބެހުމުގައި ވަޒީފާ ދޭ ފަރާތުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް އިސްތިސްނާ ކުރެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާ ދޭ ފަރާތަަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ވަޒީފާދޭ ފަރާތުގެ ހުރިހާ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭނެއެވެ.

ސާވިސް ޗާޖު ދިން ގޮތުގެ މައުލޫމާތު ވަޒީފާ ދޭ ފަރާތުން ގަވައިދުން ބަލަހައްޓަން ޖެހޭނެކަމަށާއި އެ މައުލޫމާތު ލޭބާ ރިލޭޝަން އޮތޯރިޓީއަށް އަހަރަކު އެއް ފަހަރު ފޮނުވަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މައުލޫމާތު ހިއްސާ ކުރުމަށް އެދި ލޭބަ ރިލޭޝަން އޮތޯރިޓީއިން އަންގާ އެންގުމަކާއި ހިލާފުވެއްޖެ ނަމަ 5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355