twitterviber whatsapp telegramfacebookyoutube instagram
29th February 2020

ކްލައިމެޓް އެމަޖެންސީ އިއުލާނު ކުރަން މަޖިލީހުން ގަރާރެއް ފާސްކޮށްފި

ޚަދީޖާ އާދަމް
Feb 12, 2020

ރާއްޖޭގައި "ކްލައިމެޓް އެމަޖެންސީ" އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

މަޖިލީހުން މި ގަރާރު ފާސްކުރަން ނިންމާފައިވާއިރު މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ އެމެޖެންސީ މައްސަލަތަކެއް ކަމަށް މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ.

ކޮމިޓީގެ ނިންމުން ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 68 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ގެއްލިގެން ގޮސްދާނެތީ އެކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލުމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ ގޮނޑުދޮށް ގިރާ ބޮޑެތި ގަސްތަކެއް މޫދަށް ވެއްޓޭތީ އެރަށްރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަންކަމާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން ކޮމިޓީއިން ނިންމި އެވެ.

އެގޮތުން ފޮސިލް ފިއުލް އުފެއްދުމުގެ މަޝްރޫއުތަކަށް ގައުމުތަކުން މިހާރު ކުރަމުންދާ ކުރަމުންދާ އިންވެސްޓްމެންޓްތަކާއި ދެމުންދާ ސަބްސިޑީތައް ހުއްޓާލައި އިއާދަކުރަނިވި ހަކަތަ އުފައްދަން އެފައިސާ ހޭދަކުރަން މަގުފަހިކުރަން ގައުމުތަކާއި ޖަމިއްޔާ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލައި ރާއްޖެއިން ވަކާލާތު ކުރުން ހިމެނެ އެވެ.

ގައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން މަދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތު ކުރުން ގައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 40 ޕަސެންޓް ދަށްކުރުމަށާއި 2050 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލާ ރާއްޖެއިން ވަކާލާތު ކުރުންމަށް ވަނީ ނިންމާފަ އެވެ. އަދި ޕެރިން އެގްރިމެންޓްގެ ރޫހާ ހިލާފަށް މަތީ މިންވަރަކަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް އިގްތިސާދީ ގޮތުން އެގައުމުތަކާ ދެކޮޅަށް ފިޔަވަޅުއެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލައި ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުންވެސް ވަނީ ހިމަނާފައެވެ.

މިހާތަނަށް 25 ގައުމަކުން ކްލައިމެޓް އެމަޖެންސީ ވަނީ އިއުލާނުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355