twitterviber whatsapp telegramfacebookyoutube instagram
29th February 2020

ހިމަބިހި ޖެހުން މީހުންގެ އަދަދު 12 އަށް އަރައިފި

ޚަދީޖާ އާދަމް
Feb 13, 2020

މިހާތަނަށް ހިމަބިއްސަ 173 މީހަކު ޓެސްޓުކޮށްފައިވާއިރު އެތަނުން 12 މީހަކު ހިމަބިއްސަ ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ބުނީ ވަނީ އިތުރު ތިން މީހަކު ހިމަބިއްސަ ޕޮޒިޓިޒް ވެފައިވާ ކަމަށާއި ބަލި އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށެެވެ.

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެމީހުން ދިރިއުޅޭ ސަރަހައްދުގެ އެންމެނަށް ވަނީ ވެކްސިން ދީފަ އެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ، ފަސޭހައިން ފެތުރޭ ބައްޔެކެވެ. ހިމަބިހި ރާއްޖެއިން ނައްތާލާފައިވަނިކޮށް އެ ބަލި އަނެއްކާވެސް ފެނިފައިވަނީ މިދިޔަމަހުގެ އަށްވަނަ ދުވަހު އެވެ. އެބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ކުއްޖެެއްގެ ގައިންނެވެ.

އެބަލީގެ ސަބަބުން ލޮލުން ފެން އައުމާއި ގަދަޔަށް ހުންއައިސް ގައިގައި ބިހި ނެގުން ފަދަ ކަންތައް ދިމާވެ އެވެ. ބަލިން ރައްކާތެރިވުމަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަންޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355